ޕީޕީއެމް/ޕީއެންސީގެ އަމާޒުހުރީ ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ދިން މެސެޖެއްގައި އާދަމް ޝަރީފު ވިދާޅުވީ، އިދިކޮޅުގެ އަމާޒު ވަރަަށް ސާފު ކަމަށާއި ފޯކަސް ހުރީ ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.
އަދި ސަޕޯޓަރުންގެ ހިތަށް ތަދުވާވަރުގެ ކަމެއް ޕާޓީގެ އަސާސްތަކާއި ހިލާފު ކަމެއް ޕީޕީއެމުން ނުކުރާނެ ކަމަށް މެންބަރު ޝަރީފު ވިދާޅުވިއެވެ.
“ ވަސްވާސް އުފައްދަން ޖާގައެއް ނުދޭނަން. އުއްމީދާއި ސާބިތުކަމާއި އިތުބާރާއެކު ތިއްބަވާ “ އާދަމް ޝަރީފު
އާދަމް ޝަރީފު މިގޮތަށް ވިދާޅުވެފައި މިވަނީ ނަޝީދުގެ ޑިމޮކްރެޓްސް އާއެކު ޕީޕީއެމުން މަޝްވަރާ ކުރަމުންދަނީ ސެނެޓްގެ ބަހެއް ނެތި ކަމަށް ބުނެ ބައެއް ސެނެޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކުރެއްވި ޓުވީޓެއްގައެވެ.



