ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ވީ ވައުދުތައް ހުރީ ފުނިޖެހިފައި ކަމަށާއި އެވާހަކަތައް ރައީސް ސާލިހަށް އިއްވަން ރައްޔިތުން ނިކުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަތޮޅުތެރޭގައި ފެއްޓެވުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ށ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އެ އަތޮޅު ފޯކައިދޫއަށް ރައީސް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލާ އަޛުެުފުލާފައެވެ.
މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މާލިއްޔާ ހުސްވީއިރު، ވީ ވަޢުދުތައް ހުރީ ފުނި ޖެހިފައި ކަމަށާއި އެހެންވީމަ، ރައްޔިތުން އެ ވާހަކަތައް ރައީީސް ޞާލިޙު ކަންފަތްޕުޅުގައި ދަންނަވަން ނުކުންނާނެ ކަމަށެވެ.