ލ ފޮނަދޫގައި ހިންގާ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ބިލުކުރާނެކަން އެންގި ސިޓީގައި ސޮއިކުރި ފެނަކަ ފޮނަދޫ ގޮފީގެ މުވައްޒަފު ސަސްޕެންޑުކޮށްފިއެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް 15 ދުވަހަށް ސަސްޕެންޑްކޮށްފައިވަނީ ފޮނަދޫ ޒަމާނީ ވިލާ އަބުދުލް މުހުސިން އަލީއެވެ. ބުރާސްފަތި ދުވަހު ފެނަކައިގެ ޑިރެކްޓަރ އުސައިދު ހުސެއިން ސޮއިކޮށް މުހުސިނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓުމަންޓުން މުހުސިނު އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފެނަކައިގެ ގަވައިދުގެ 40 ވަނަ މާއްދާހެ (ހ) އަށް ރިއާޔަތްކޮށް 13 ޖުލައި 2023 އިން ފެށިގެން 15 ދުވަގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީގޮތުން އޮފީހުގެ މަސައްކަތަށްނިކުތުން މަނާ ކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ކަރަންޓް ބިލު ކުރާނެކަން ފޮނުވި ސިޓީގައި މުހުސިނު ސޮއިކޮށްފައިވަނީ ވަގުތީ ގޮތުން ޑިޕާޓްމަންޓާއި ހަވާލުވެ ހުރުމުގެ ސަބަބުންނެވެ.
މުހުސިނު ސަސްޕެންޑު ކުރުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.ވަޒީފާގެ ބިރު ނައްތާލާނެ ކަމަށް ވައުދުޗެ ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން އިންތިހާބާ ދިމާކޮށް ސަރުލާރާ އިދިކޮޅު ވިސްނުން ގެންގުޅޭ އެތައް ބަޔަކު ދަނީ ވަޒީފާއިން ވަކި ކުރަމުންނެވެ.



