ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ލީޑަރ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެ ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އެއްވެއްޖެއެވެ.
ޕިޕީއެމްއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވަނީ ލީޑަރޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި ތިއްބަވާ ފޮޓޯތައް އާންމު ކޮށްފައެވެ.
އަދި އެ ޓްވީޓްގައި ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ޖުމްހޫރީ މައިދާނުގައި ތިއްބެވި ކަމަށެވެ.
މިވަގުތު ޖުމްހޫރީ މައިދާނުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް، މުޙައްމަދު ސަޢީދު އަދި އިބުރާހީމް ޝުޖާގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް ހިމެނެއެވެ.



