އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މިއަދު ހަވީރު ބާއްވަން ނިންމާފައިވާ ހިނގާލުން ފަހުގެ ތާރީހަކަށް ފަސްކޮށްފިއެވެ.
ޕީޕީއެމުން ބުނީ މިއަދުގެ މޫސުން ގޯސްކަމަށް ދައްކާތީއާއި މިހާރުވެސް މެދުނުކެނޑި ވާރޭ ވެހެމުންދާތީ މިއަދުގެ ސުލްހަވެރި ހިނގާލުން އެހެން ދުވަހަކަށް ފަސްކުރީ ކަމަށެވެ.
ނަމަވެސް ފަހުން މި ހިނގާލުން ބާއްވާނެ ވަކި ތާރީހެއް ޕީޕީއެމުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއަދުގެ ހިނގާލުން ޕީޕީއެމުން ކެންސަލްކުރިއިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިއްޔެ އިދިކޮޅު ލީޑަރޝިޕުގެ އިސްވެރިން ވަނީ ޖުމުހޫރީ މައިދާނަށް އެއްވެފައެވެ.



