އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ ދަރިކަލުން އަހްމަދު ފުއާދު ނިޔާވެއްޖެއެވެ.
އެކަން ހާމަ ކުރައްވާ އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުން، އަހްމަދު ފުއާދު ދާދި ދެންމެޔަކު އިންޑިއާގެ ޓްރިވިންޑްރަމްގައި ނިޔާވެފައިވާ ކަަމަށެވެ.
“މައްޔިތާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި، ފުއާދު އާއި އާއިލާ އެންމެހާ ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި”. އީސީގެ ނައިބް ރައީސް ހަބީބުގެ ޓްވީޓްގައި ވެއެވެ.
ހަބީބުގެ މިމެސެޖާއި ގުޅިގެން ގިނަބަޔަކު ދަނީ މީސް މީޑިއާގައި ތައުޒިޔާގެ މެސެޖްތައް ހިއްސާ ކުރަމުންނެވެ.



