އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުގެ ޤިޔާދަތުގެ ދަށުން ފާގަތި މާދަމާއެއް ދެކުމީ ދިވެހި ކޮންމެ ރައްޔިތެއްގެ ހުވަފެނެއް ކަމަށް ޝެއިހު އަބްދުالله ސައުދާން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ޑރ. މުހައްމަދު މުއިއްޒު ގެ ކެންޑިޑެސީ އިލެކުޝަނުން ބަލައިގަތް ހަބަރު ހިއްސާ ކުރައްވަމުން ޝެއިހު ވިދާޅުވީ އެދެނީ ރަބީޢު މޫސުން އަވަހަށް އައުން ކަމަށެވެ.
ޑރ މުއިއްޒަށް މަރުހަބާ ވިދާޅުވެ ގިނަ ދީނީ އިލްމްވެރިންތަކެއް ގެންދަވަނީ ޝުއޫރުފާޅު ކުރައްވަމުންނެވެ.
އެގޮތުން ޝެއިހު މުހައްމަދު ލަތީފު ވިދާޅުވީ ލޮބުވެތި މި ޤައުމު ހެޔޮ ގޮތުގައި ހިންގެވުމުގެ ޢަޒުމުގައި ރޭސް ކާމިޔާބު ކުރެއްވުމަށް ކުރިޔަށް ވަޑައިގަތުމަށް އެދޭ ކަމަށެވެ.
އަދި އިރާދަފުޅުން އެކަލާނގެ ރަޙުމަތާއި، ބަރަކާތާއި، ރައްޔިތުންގެ ތާއީދު ޑރ މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް ޝެއިހު ލަތީފު ވިދާޅުވިއެވެ.




ސައުދާނު ، (އުސްތާޒް) ތި ކުރައްވާ ހިއްވަރަށް ސާބަސް.