ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ފުރަތަމަ ހަރަކާތް މިއަދު ހަވީރު ހުޅުމާލެ ފޭސް ދެއަކުން ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމުން ބުނީ 10 އޮގަސްޓްވާ ބުރާސްފަތި ދުވަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒާ އާއި، ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފުއާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ދޮރުންދޮރަށް ހިންގެވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައި ހިޔާ އަތިރިމަތި ފަޅި ބަސްހުއްޓި ސަރަހައްދުން ކަމަށްވެސް ޕީޕީއެމުން ހާމަކުރެއެވެ.



