ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް ހަމަޖައްސަވައިފިއެވެ.
ޕީޕީއެމުން ބުނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ތަރުޖަމާނަށް މުހައްމަދު ތޮލާލް ހަމަޖެއްސީ މިއަދު ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީން ފުރަތަމަ މަސަައްކަތް ކުރީ ރައީސް ޔާމީން ވާދަ ކުރުމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީން ފޯމް ވެސް ހުށައެޅި އެވެ. ނަމަވެސް ކޮމިޝަނުން ފޯމް ބަލައިނުގަތެވެ. ރައީސް ޔާމީން ވަނީ އެ ނިންމުން ސުޕްރީމް ކޯޓަށް ގެންގޮސްފައެވެ. ދިގު އަޑުއެހުމަށްކަށް ފަހު ކޯޓުން ހުކުމް އިއްވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅު ކަމަށެވެ.



