އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އަށް އިތުބާރު އެބައޮތް ކަމަށާއި ހެޔޮވެރިކަމެއް ކޮށްދެވޭނެ އިލްމާއި ގާބިލުކަން އެމަނިކުފާނުގެ އެބަހުރި ކަމަށް ޑރ އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު އަށް ތާއީދު ކުރައްވާކަން ހާމަކޮށް ޑރ އަލީ ޒާހިރު ވަނީ ޓުވީޓެއް ކުރައްވާފައެވެ.
އެގޮތުން ޑރ އަލީ ޒާހިރު ވިދާޅުވީ ޑރ މުޢިއްޒު އާއި ބައްދަލުކޮށް ވެރިކަމުގެ ތަސައްވުރު ސާފު ކޮށްފައިވާ ކަމަށެވެ.
އަދި އެމަނިކުފާނާ މެދު އިތުބާރު އެބައޮތް ކަމަށާއި ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ޑރ މުއިއްޒުގެ އެބަހުރި ކަމަށް ޑރ އަލީ ޒާހިރު ވިދާޅުވިއެވެ.
“ އަޅުގަނޑުގެ ތާއީދު ޑރ. މުޢިއްޒުއަށް. މާތްﷲ އެ މަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވާށި “ ޑރ އަލީ ޒާހިރު ވިދާޅުވިއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުއަށް ތާއިދު ކުރައްވާކަން ގިނަ ދީނީ އިލްމްވެރިން ދަނީ ހާމަކުރައްވަމުންނެވެ.



