ބޮޑުތިލަދުންމަތި މިފަހަރު މިއޮތީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ހޮވަން ތައްޔާރަށް ކަމަށާއި ފަސް އަހަރުން ކަމެއް ނުކޮށްދެވުނު ބަޔަކަށް ދެންވެސް ކަމެއް ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެެވެ.
ދިއްދޫގައި ރޭ ކުރިއަށް ގެންދިޔަ އިދިކޮޅު ކޯލިޝަނުގެ ރިޔާސީކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މިހާރުވެސް ރިޒާވް ކައި ހުސްކޮށްފި ކަމަށާއި ތިޖޫރިއެއް ވިއްޔާ އެ ފަޅާ ހުސްކޮށް ދެން އައިސް އަތޮޅު ރައްޔިތުން ކައިރީގައި އިތުރު ދައުރެއް ދޭށޭ ބުންޏަސް ރައްޔިތުން އެއަޑު ނާހާނެ ކަމަށެވެ.
އަދި ޝުޖާއު ވަނީ ކަންމަތީ ކުދިކުދި ޕާޓީތަކާއި، ރިޔާސީ އިންތިހާބަށް ފޮޅޭ މަލެއް ގޮތަށް ފޮޅޭ ޕާޓީތަކުން މާ ފުއްޕާފައި އިދިކޮޅު ކޯލިޝަނަށް ބަސް ނުބުނުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ، ނ. އަތޮޅާއި ދ. އަތޮޅު ދީގެން ވަރަށް ދުވަހު ތިބެވިއްޖެ ކަމަށާއި، ދެން އެގޮތަށް ނުތިބެވޭނެ ކަމަށެވެ.



