އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހިދުމަތް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެލާ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތަކަށްވީތީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސަރުކާރެއްގައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.
އަދި މި ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި ހަމަޖެހުން ގާއިމް ވަނީ ވިސްނުން ތަރައްގީވެގެން ކަމަށް ވިދާޅުވިއެވެ.
އެކަކު އަނެކަކަށް އިހްތިރާމްކުރާ އަޅާލާ ބަޔަކަށް ދިވެހިން ވާން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.






“ އަޅުގަނޑުމެން ވެރިކަމެއް ކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. ރައްޔިތުން ނިސްބަތްވާ ޕާޓީއެއްގެ ސަބަބުން ތަފާތެއް ނުކުރާނަން “ މުއިއްޒު ވިދާޅުވިއެވެ.



