އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ދ އަތޮޅުގެ ރަށްތަކުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރިޔާސީ އިންތިހާބުގައި މިއަދު ހެނދުނު ޑރ މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތީ ދ މާނއެބޫދޫއަށެވެ. އެ ރަށަށް ވަޑައިގެން ޑރ މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މާއެނބޫދޫގެ ބިން ހިއްކާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އެގޮތުން ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، 30 ހެކްޓަރުގެ ބިން ރަށުގައި ހިއްކަވައި ދެއްވާނެ ކަމަށާއި އަދި އެ މަޝްރޫއު ކުރިއަށް ގެންދާނީ ދައުރުގެ ކުރީކޮޅު ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މިއަދު ދެން ޑރ މުއިއްޒު ވަޑައިގަތީ ދ ހުޅުދެއްޔަށެވެ.








ހުޅުދެއްޔަށް ވަޑައިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާ ދެއްވާނެ ކަމަށާއި ރަށުގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް އިރު، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ލެބޯޓަރީގެ ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



