މާލެ އަތޮޅު ތުލުސްދޫގެ ގިނަ އަދަދެއްގެ ޒުވާނުން މިއަދު އިދިކޮޅު ޕީޕީއެމާއި ގުޅިއްޖެއެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ތުލުސްދޫން މިއަދު ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމާއި ގުޅިފައިވާ ކަމަށެވެ. އަދި ޕީޕީއެމްއާ އަލަށް ގުޅުނު މީހުންގެ ފޯމްތަކާއި ހަވާލުވީ އެ ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)އެވެ.




ޕީޕީއެމާއި ގިނަ އަދަދެެއްގެ ޒުވާނުން ގުޅިފައިވާއިރު، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމާފައެވެ. އެގޮތުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސާވާފައިވާއިރު، ރަނިންގމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ.



