އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނީ މިހާރު އޮތް އަޅުވެތިކަމުން ސަލާމަތް ވެގެން ކަމަށާ އެކަން ބަދަލުކުރެވޭނީ ޑރ މުއިއްޒަށް ކަމަށް
ކުރީގެ ބަންޑާރަނައިބް ޑރ.މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒުގެ ކެމްޕެއިނާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބޮޑުބައެއް ވިއްކާލައި، ބޭރުގެ ސިފައިންނަށް ރާއްޖޭގެ އުތުރާއި ދެކުނުން ޖާގަދީ މިނިވަންކަން ނަގާލާފައިވާ މިދަނޑިވަޅުގައި ދައްކަންވީ، އަދި ހުށަހަޅަންވީ ވައުދަކީ މިނިވަންކަމުން މިންޖުވާނެ ގޮތެއް ހޯދަންކަމަށެވެ.
އަދި ދިވެހިންގެ މިނިވަންކަން ދޫކޮށް އަޅުވެތިކަމަށް ދީއްލާލާފައިވާ ހާލަތުގައި ދެވޭނެ އާމާން ރާއްޖެއެއް ނެތްކަމުގައި މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މުއިއްޒުއަށް ތާއީދު ކުރީ ރާއްޖޭގެ ކަނޑުން ވިއްކާލި ބައި ހޯދަން މަސައްކަތްކޮށް ދިވެހިންގެ ފަސްގަނޑު ދިވެހިންގެ މާކަނޑު ދިވެހިންނަށް ހޯދައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށެވެ.
މުނައްވަރު ވިދާޅުވީ ދިވެހިންނަކީ ވަރަށް ވަރުގަދަ ގައުމީ ލެޔެއް ހިނގާ ބައެއް ކަމަށާއި މިނިވަން ކަމަށް ވަރަށް ލޯބިކުރާ ބައެއް ކަމަށެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި މިހާ ދުވަހު ރާއްޖެ މި އޮތީ ގައުމީ ލޭ ނާރުތަކުގައި ހިނގާތީ ކަމަށް އޭނާ ވިދާޅުވިއެވެ.



