ރާއްޖޭގެ ގައުމީ ވެރިކަން އަލުން އިޔާދަކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތަކީ މުއިއްޒު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، އިލްމަށް އިހްތިރާމް ކުރުމުގެ ގޮތުން މުއިއްޒު އަތުގައި ހިފަންޖެހޭ ކަމަށެވެ. އަދި މުއިއްޒެއް ދިވެހި ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތު ކޮންޕްރޮމައިޒެއް ނުކުރައްވާނެ ކަމަށް ޝަހީމު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގައުމީ ވެރިކަން އަލުން އިޔާދަކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތަކީ މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.

“ ގައުމީ ވެރިކަން އަލުން އިޔާދަ ކުރުމަށް މަސައްކަތް ކުރާށޭ. އަޅުގަނޑުމެން މި ތިބީ އެންމެ ކުރީ ސަފުގައި. ރާއްޖެ ބަނޑަކަށް ނުޖެހޭނެ. އަރަބި ކަނޑުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަން ކުރާނަން. އަރަބި ގައުމުތައް، އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން.” ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ޒަމާންވީ އިސްލާމީ ޙަޟާރަތުގެ ތެރެއިން ޤާއިމުވެފައި ހުރި އިސްލާމީ މުއައްސަސާތައް ޒަމާނާ އެއް ފެންވަރަށް ތަރައްޤީކުރަންޖެހޭކަމަށް ވިދާޅުވުމާއެކު، ޑރ.ޝަހީމު ވިދާޅުވީ އެކަންކުރެވޭނީ ތައުލީމީ ޤާބިލު ބަޔަކަށް ރާއްޖޭގެ ވެރިކަން ލިބިގެން ކަމަށެވެ.
ޑރ.ޝަހީމު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ އިލްމީ ބޭފުޅަކީ ޑރ.މުޢިއްޒު ކަމަށެވެ.
ވެރިކަމަށް އައިސް އެހެން މީހަކު ބުނާ ގޮތަށް ވެރިކަންކުރާ މީހަކާއި، އަމިއްލައަށް ފެންނަ ގޮތަށް އެހެން މީހުންނަށް ކަންކުރަންވީ ގޮތް އަންގައިގެން ވެރިކަން ކުރާ މީހުންގެ މެދުގައި ތަފާތު ވަރަށް ބޮޑުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.




ސަހީމުއަކީ އިލްމާއެއްވަރަށް ހިލްމުވެސްލިބިގެންވާބޭފުޅެން އިލްމުލިބުނަސް ހިލްމެންނެތިއްޔާ އިލްމުގެމާބޮޑުބޭނުމެއްނޯނާނެ ސަހީމުގެސާބިތުކަން ދައްކާދިނީ ހިތްތިރިކަމާ ހަރުދަނާކަން.އެފަދަ ދީނީއިލްމުވެރިއަކު އަމުދުންމިހާލަތުގަ ޕޕމ ދޫކުރަންވާ ނުދިޔައީތި ވ ހިތްހަމަޖެހި.ވ އުފާވެއްޖެ