މިފަހަރު ތިނަދޫ ބަދަލުކޮށްލާނެ ކަމަށް ބުނެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުއަށް މަރުހަބާ ކިޔުމަށް ތިނަދޫގެ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެއްޖެއެވެ.
އެގޮތުން އެއްވެ ތިބި މީހުން ބުނަމުން ދިޔައީ މީގެ ކުރިން އިދިކޮޅު ޕީޕީއެމަށް އެ ރަށުން ނުލިބޭވަރުގެ ބޮޑު ތާއީދަކާ އަގުލަބިއްޔަތެއް ތިނަދޫއިން ހޯދާނެ ކަމަށެވެ.
ތިނަދޫ އަކީ އަބަދުވެސް ކޮންމެ އިންތިހާބަކާ ދިމާކޮށް އެމްޑީޕީން މެޖޯރިޓީ ބޮޑުތަނުން ނަގާ ރަށެކެވެ.


މުއިއްޒު، މިއަދު ހަވީރު ތިނަދޫއަށް ވަޑައިގެންނެވިއިރު ރަށުގެ ބަނދަރު ސަރަހައްދު އޮތީ އިދިކޮޅުގެ ސަޕޯޓަރުން ތަކައިގެން ފުރިފައެވެ.

ރަށުގެ މައި މަގުގައި ވަރަށް ދިގު ސަފެއް އެތައް ބަޔަކު މުއިއްޒާ ސަލާމް ކުރަން އެތުރިގެން ތިއްބެވެ.


ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ތިނަދޫގައި އޮންނާނެއެވެ.
މިޖަލްސާގައި ގދ އަތޮޅުގެ ރަށްތަކާއި ތިނަދޫ އަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވާނެއެވެ.



