ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ރ، ބ އަދި ޅ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
އެގޮތުން ތިން ދުވަހުގެ މި ދަތުރުފުޅުގައި ޑރ މުއިއްޒު މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރ އަލިފުއްޓަށެވެ. މީގެއިތުރުން މިއަދު މަޑުއްވަރި، މީދޫ، އުނގޫފާރު އަދި ދުވާފަރަށް ޑރ މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ބޭފުޅުން ވަޑައިގަންނަވާނެއެވެ.
އަދި މިރޭ ދުވާފަރުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ޑރ މުއިއްޒުގެ މިދަތުރުފުޅުގައި ބުދަ ދުވަހު ވަޑައިގަންނަވާނީ ބ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބ ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ އަދި އޭދަފުއްޓަށެވެ. އަދި ބުދަ ދުވަހުގެ ރޭ އޭދަފުށީގައި ހާއްސަ ޖަލްސާއެއް ބާއްވާނެއެވެ.



