އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ސަޕުރައިޒެއް ދެއްވައިފިއެވެ.
އަރަބިއްޔާ ފެމިލީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ޑރ މުއިއްޒު މިރޭ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލު ކުރައްވާަ ވަރަށް އުއްމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.
އަދި މިކަމުގެ ތަފުސީލު މާދަމާ ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް އަރަބިއްޔާ ސްކޫލަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައިވެއެވެ.
އެގޮތުން ބަލާއިރު އަރަބިއްޔާ ސްކޫލު މޮޑަރނައިޒުކޮށް ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ދީނީ ތައުލީމުދެވޭ މަރުކަޒަކަށް ހެދުމާއެކު މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އާ އިމާރާތެއް ބިނާކޮށް އެތަނަށް އަރަބިއްޔާ ސްކޫލު ބަދަލު ކުރުން ހިމެނެއެވެ.
މިސަރުކާރުން އަރަބިއްޔާ ސުކޫލަށް އިހުމާލުވެފައިވާ ކަމަށް ބުނެ އަރަބިއްޔާގެ ބެލެނިވެރިން ދަނީ ކެންޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.!



