ރިޔާސީ ކެމްޕެއިންގައި މިއަދު ހަވީރު ޑރ. މުއިއްޒު މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓަށް ވަޑައިގެން އެސަރަހައްދުގައި މަސައްކަތް ކުރާ މަސައްކަތްތެރިނާއި ބައްދަލުކޮށްފިއެވެ.
މުއިއްޒު ވަނީ މާރުކޭޓް ގޮޅިތަކަށް ވަކިވަކިން ކޮންމެ ގޮޅިއަކަށް ވަޑައިގެން އެގޮޅިތަކުގެ ވެރިފަރާތާއި ވާހަކަ ދައްކަވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ. އަދި މަސްމާރުކޭޓުގައި މަސައްކަތް ކުރާ މަސްވެރިންނާއި، މަސްކެނޑުމުގައި ޢަމަލީ ގޮތުން ބައިވެރިވާ މަސައްކަތްތެރީންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
މަސްވެރިންނާއި، އަދި ދަނޑުވެރިންގެ މާރުކޭޓުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު މުއިއްޒު ވިދާޅުވީ ފުރުސަތުދެއްވައިފިނަމަ އެކަންކަމަށް ހައްލު ގެނެސް ދެއްވާނެ ކަމަށެވެ. މުއިއްޒު ވަނީ މަސްމާރުކޭޓައި، ދަތުރުވެރިންގެ މާރުކޭޓަށް ދާއިމީ ހައްލު ހޯދުމަށް މަލޭގެ މޭޔަރުގެ ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަން ފާހަގަކުރެވެއެވެ.



