ޔަހޫދީ އިސްރާއީލުން ގާޒާގެ ރައްޔިތުން ދިރިއުޅުމުންދިޔަ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 25 މީހުން ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން މިހަމަލާދީފައިވަނީ އަލް މަސާރީ އަދި އަލް ހަސާނީއަށް ނިސްބަތްވާ އާއިލާތަކުން ދިރިއުޅެމުންދިޔަ ޝަޓީ ރެފިއުޖީ ކޭމްޕަކަށެވެ.
އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނަށް މި ހަމަލާތައް ދޭން ފެށިފަހުން 6000 އަށްވުރެ ގިނަ ބޮން މިހާރު ވައްޓާލާފައިވާ ކަމަށެވެ.
ޝާޓީ އަކީ ޣައްޒާގައި ހިމެނޭ އަށް ރެފިއުޖީ ކޭމްޕްގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ.
އަދި އެއީ އެންމެ ތޮއްޖެހިފައިވާ އެއް ކޭމްޕް ކަމަށާއި، ބައި އަކަކިލޯމީޓަރަށް ވުރެ ކުޑަ ސަރަހައްދެއްގައި 90،000 އަށް ވުރެ ގިނަ މީހުން އެ ކޭމްޕްގައި ދަނީ ދިރިއުޅެމުންނެވެ.
ގާޒާ ސިޓީގެ މައި ހޮސްޕިޓަލްތައް ފުރި މަގުތަކުގައި ވެސް ވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ.
ޝާޓީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު މުޅި ޣައްޒާއަށް ވެސް ވަނީ މިފަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާގައި ހުންނަ އެމީހުންގެ ގެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ވަނީ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެފައެވެ. އެގޮތުން އެއް އާއިލާގެ 31 މީހުން ވަނީ މި ހަމަލާގައިވެސް މަރުވެފައެވެ.



