މައްޗަންގޯޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުރި ހޮޓަލެއްގައި އަލިފާނުގައި ހާދިސާއެއް ހިނގައިންގެ އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގައިގެން ރިޕޯޓްކުރީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން، 11:40 ހާއިރުއެވެ. ޙާދިސާ ހިނގައިގެން ރިޕޯޓްކުރުމާއި ގުޅިގެން، ފުލުހުން އަދި އެމް.އެން.ޑީ.އެފުންވެސް އެ ސަރަޙައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިއުއިން އެ ސަރަޙައްދަށް މިހާރު އެޓެންޑްވަމުންދާކަމަށެވެ.