ގައްޒާގެ ސިއްހީ ފަރުވައިދޭ ހުރިހާ ހޮސްޕިޓަލްތަކެއްގެ ހިދުމަތްތަކެއް ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށް އދ އިން ބުނެފިއެވެ.
އެގޮތުން މުޅި ޣައްޒާގައި 35 ހޮސްޕިޓަލުގެ ތެރެއިން 12 ހޮސްޕިޓަލް ހިމެނޭ ގޮތަށް 72 ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ޖުމްލަ 46 ފެސިލިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވީ އިސްރާއީލުގެ ބްލޮކޭޑަކުން ޖަނަރޭޓަރުތަކަށް ކަރަންޓާއި ތެޔޮ ނުލިބުމުގެ އިތުރުން ވައިގެ ހަމަލާތަކުން ލިބޭ ގެއްލުންތަކުގެ ސަބަބުން ގިނަ ފެސިލިޓީތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ.
އަދި ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެގައިވާ ކަމަށެވެ. މިހަމަލާތަކުގައި ފުރާނަ ގެއްލޭ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ޣައްޒާއަށް އިސްރާއީލުން ވައިގެ ހަމަލާތައް މި ހަފްތާގެ ކުރީކޮޅު ވަރުގަދަކުރިއެވެ.
ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި މީހުން ދޫކޮށްލުމަށް އިތުރު ވަގުތު ދިނުމަށްޓަކައި ބިމުން އަރައިގަތުން ލަސްކުރުމަށް އެމެރިކާއިން ވަނީ އިސްރާއީލަށް ލަފާދީފަ އެވެ.



