މިމަހުގެ 21 ވަނަ ދުވަހު މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާ ހިނގި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލީ އާއިލާ އާއި ހަވާލު ކުރުމަށް ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއަރޕޯޓު ބިން ހިންކާ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ދެމީހުންނެވެ.
ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ހުރި ސައިޓެއްގައި ގޭސް ސިލިންޑަރެއް ގޮވައި ބިދޭސީ ދެމީހަކު ނިޔާވި ޙާދިސާ ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.