އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި ޖަބަލިޔާ ރެފިއުޖީ ޓެންޓަށް ދިން ހަމަލާގައި 195 މީހުން ޝަހީދުވެ، 120 މީހުން ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން މިއީ ހަނގުރާމަ ފެށިފަހުން ޖަބަލިޔާ ކޭމްޕަށް ވައިގެ މަގުން އިސްރާއީލުގެ ޔަހޫދީން ދިން ތިން ވަނަ ހަމަލާއެވެ. އަދި އަންގާރަ ދުވަހުުން ފެށިގެން ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާއިރު 777މީހުންނަށް އެކިވަރުގެ އަނިޔާތައްލިބި ވަނީ ޒަހަމްވެފައެވެ.
އޮކްޓޫބަރު 7 ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 9000 އަށްވުރެ ގިނަ ފަލަސްތީނުގެ އާއްމުން ވަނީ ޝަހީދުވެފައެވެ.



