ރޭ މާލޭގައި ހިނގި އެކްސިޑެއްޓެއްގައި އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ 23:26 އެހާކަންހާއިރު ވިލާކޮލެޖު ކައިރީގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި 2 ސައިކަލު ގައި ތިބި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުން ކަމަށެވެ.
އެއީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި މި ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށާއި މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.



