ރަފާހުގައި މީހުން ދިރިއުޅޭ ތިން އިމާރާތަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 29 މީހުން ޝަހީދުވިއިރު، އިތުރު އެތައް މީހުންނެއް ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފަ އެވެ.
މި ހަމަލާގައި އެއް ސަރަހައްދެއްގައި މީހުން ދިރިއުޅޭ ތިން އިމާރާތެއް ވަނީ ހަލާކުވެފަ އެވެ. އެންމެ ފުރަތަމަ ޝަހީދުވި މީހުންގެ އަދަދު ނުވަ އަކަށް އަރާފައިވީ ނަމަވެސް ކުނިތަކުގެ ތެރެއިން މީހުން ނެގި ހިސާބުން އެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.
އަދި އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އެބައޮތެވެ.
ޣައްޒާގެ މެދުތެރެއަށް ދިން ހަމަލާތަކުގައި އިތުރު މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި ދީރް އަލް ބަލާހް، މަޣާޒީ އަދި ބުރެއިޖް ރެފިއުޖީ ކޭމްޕްތައް ވެސް ހިމެނެ އެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 19،453 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 1140 އަށް އަރާފަ އެވެ.



