ޕަންޖާބުގެ ފަރީދުކޯޓްގެ އިމްތިހާނު ސެންޓަރެއްގައި ޒުވާނަކު އޭނާގެ ލޯބިވެރިޔާގެ ސިފަ ޖެހިގެން، އިމްތިހާނުގައި ބައިވެރިވާން އުޅެނިކޮށް އޮފިޝަލުންނަށް ފަޅާއަރައިފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ބާބާ ފަރީދު ޔުނިވާސިޓީ އޮފް ހެލްތް ސައިންސަސް އިން ކޮޓްކަޕޫރާގެ ޑީއޭވީ ޕަބްލިކް ސްކޫލުގައި މަލްޓި ޕާޕަސް ހެލްތު ވޯކަރުންގެ އިމްތިހާނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފާޒިލްކާގެ އަންގްރޭޒް ސިންގް މި އިމްތިހާނު ލިޔަން ނިންމީ އޭނާގެ ލޯބިވެރިޔާ ޕަރަމްޖީތު ކޯރްގެ ސިފައިގައި ޖެހި އޭނާގެ ހެދުން ލައިގެންނެވެ. ރަތް ކުލައިގެ ތަނޑި އާއި، ލިޕްސްޓިކާއި އަންހެނުން ލާ ކަހަލަ ހެދުމެއްގައި ޒީނަތްތެރިކޮށްފައިވާ އަންގްރޭޒް ސިންގް ހުރީ އިމްތިހާން ހަދަން ތައްޔާރަށެވެ.
ނަމަވެސް ޕަންޖާބުގެ އެންމެ އުންމީދީ ކޮމެޑީ އެކްޓަށް ސްޓޭޖް ހަމަޖެއްސީ ޔުނިވާސިޓީގެ އޮފިޝަލުން އަވަސް އަވަހަށް ޗަރަޑޭގެ ވައި ހިފަހައްޓައި ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.
ފުލުހުން ބުނި ގޮތުގައި އަންގްރޭޒް ސިންގް އޭނާގެ މަސައްކަތުގައި ނުކުތީ އޭނާ އަކީ ޕަރަމްޖީތު ކޯރްކަން ސާބިތުކުރުމަށް ފޭކް ވޯޓާސް ކާޑާއި އާއި އައިޑީކާޑު ބޭނުންކޮށްގެންނެވެ. ނަމަވެސް މި ޕްލޭން ފެއިލް ވެފައިވަނީ ބަޔޯމެޓްރިކް ޑިވައިސްގައި ވާ އަސްލު ކެނޑިޑޭޓުގެ އިނގިލީގެ ނިޝާންތަކާ އޭނާގެ އިނގިލީގެ ނިޝާން ތައް ނުފެނުނު ވަގުތު އެވެ.
މި މައްސަލަ އާއި ގުޅިގެން އަސްލު ކެނޑިޑޭޓް ޕަރަމްޖީތު ކޯރް ގެ އެޕްލިކޭޝަން ސަރުކާރުން ވަނީ ބޭރުކޮށްލައިފަ އެވެ. އަދި އަންގްރޭޒް ސިންގްއާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.



