އިސްރާއީލު ސިފައިން ޣައްޒާ ސިޓީއަށް ދިން ތިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 24 މީހުން ޝަހީދުކޮށްލާފައިވާއިރު، އެންކްލޭވްގެ ދެކުނުގައި އޮންނަ ރަފަހަށް ޓޭންކުތަކުން އަރައިގަތުން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
މިއަދު ދިން ދެ ހަމަލާއެއް ޣައްޒާ ސިޓީގެ ދެ ސްކޫލަކަށް އަމާޒުކޮށް ދީފައިޥާއިރު، އޭގެ ސަބަބުން 14 މީހުން ޝަހީދުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ޣައްޒާގެ ތާރީޚީ 8 ރެފިއުޖީ ކޭމްޕްގެ ތެރޭގައި ހިމެނޭ ޝާޓީ (ބީޗް) ކޭމްޕްގެ ގެއަކަށް ދިން އިތުރު ހަމަލާއެއްގައި އިތުރު 10 މީހަކުވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ޝާޓީގައި ހުންނަ އެ ގެއަކީ ގަތަރުގައި ދިރިއުޅުއްވާ ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާގެ އާއިލާއަށް ނިސްބަތްވާ ގެއެއް ކަމަށާއި، އެގެއަށް ދިން ހަމަލާގައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާއެކު އާޢިލާގެ އިތުރު މެމްބަރުން ޝަހީދުކޮށްލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ހަމާސްގެ ޑިޕްލޮމެސީގައި އިސްކޮށް ހަރަކާތްތެރިވާ އަދި ޣައްޒާ ހިންގަމުން އަންނަ ހަނގުރާމަވެރި އިސްލާމީ ޖަމާއަތުގެ އާންމު މޫނު ކަމަށްވާ ހަނިއްޔާގެ ގާތް ތިމާގެ އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.



