Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ދިވެހީންގެ ތެރޭގައިވެސް ދަނީ ފެތުރެމުން: ޙުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ އިސްލާމްދީނާއި ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށާފައިވާކަމަށް މިއަދު ޙުތުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ޙުތުބާ ޙާއްސަކޮށްފައިވަނީ “އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ.” މި މައުޟޫގެ މައްޗަށެވެ. އެގޮތުން މިއަދުގެ ޙުތުބާގައި ވަނީ އިސްލާމްދީނާއި ގުޅުވައިގެން ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ދީނާއި ދުރު ބައެއް ފިކުރާއި ކަންކަމުގެ މައްޗަށް އަލިއަޅުވާލާ ނަސޭހަތްތެރިވެފައެވެ.
ޙުތުބާގައިވަނީ އިސްލާމް ދީނަކީ، މެދުމިނުގެ ދީންކަމަށާއި، އަދި އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީންކަމަށް ބުނެފައެވެ. އަދި ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް އެ އިސްލާމްދީނުގައި އޮތީ މެދުމިންކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
ﷲ تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފި ނަމަ، އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ.”
ޙުތުބާގައިވަނީ ރޯދަ ހިފުމާއި، ރޭ އަޅުކަން ކުރުމާއި ކައިވެނިކުރުން ފަދަ ކަންކަމުގައި ދީނީގޮތުން ޙައްދުފަހަނައަޅާނުދިއުމަށް އަހަރެމެންގެ ކީރިތި ރަސޫލާ ނަސޭޙަތްތެރިވެލައްވާފައިވާކަމަށްވެސް ޙުތުބާގައިވަނީ ދަލީލާއެކު ބުނެފައެވެ.
އަދި ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއްކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
ެ. (إِيَّاكُمْ وَالْغُلُوَّ فِي الدِّيْنِ، فَإِنـَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِالْغُلُوِّ فِي الدِّيْنِ) މާނައީ: “ތިޔަބައިމީހުން ދީނުގައި ހައްދުފަހަނަޅައި ދިއުމާ މެދު ބިރުވެތިވާށެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުން ހަލާކުވީ، ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ.”
ޙުތުބާގައި ބުނެފައިވާގޮތުން ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުމެވެ. އަދި އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުމާއި، ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫންކަމަށް ބުނެފައި ވެއެވެ.
އަދި އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ބިރުވެރިކަމެއް ކަމަށާއި، ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއްކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ