Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކޮލެސްޓްރޯލާއި ހިތުގެ ދުޅަހެޔޮކަން!

ad image

ގުޅުންހުރި ލިޔުންތައް

ކޮލެސްޓްރޯލް އަކީ ހަށިގަނޑުގައި އާ ސެލްތައް އުފައްދައި، ނާރުތައް އިންސުލޭޓްކޮށް، ހޯމޯން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާންމުގޮތެއްގައި ފުރަމެޔަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ކޮލެސްޓްރޯލްއެއް އުފައްދައިދޭ ގުނަވަނެވެ. ކޮލެސްޓްރޯލް އާންމުގޮތެއްގައި ހަށިގަނޑަށް ވަންނަނީ ކިރު، ބިސް އަދި ޖަނަވާރުންގެ މަސް ފަދަ ކާނާއިންނެވެ. ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑު ކަމެކެވެ.

ކޮލެސްޓްރޯލްގެ ދެ ބާވަތެއް ހުރެއެވެ. އެއީ:

  • އެޗްޑީއެލް: އެޗްޑީއެލްއަށް “ގުޑް ކޮލެސްޓްރޯލް” ގެ ނަމުން ނަން ދީފައިވަނީ ކޮލެސްޓްރޯލް ނަގައި ނައްތާލުމަށް އަލުން ފުރަމެޔަށް ގެންގޮސްދޭތީ އެވެ.
  • އެލްޑީއެލް:  އެލްޑީއެލްއަކީ ކޮލެސްޓްރޯލް ހަށިގަނޑަށް ބޭނުންވާ ތަންތަނަށް ގެންގޮސްދޭ އެއްޗެކެވެ. މިއަށް ބައެއް ފަހަރު “ބޭޑް ކޮލެސްޓްރޯލް” ގެ ނަމުން ނަން ދެވެނީ ލޭގައި މާގިނައިން ހުރެއްޖެނަމަ އާޓްރީތަކުގެ ފާރުތަކުގައި އެ ހިފައި، ބެދުމަށް މެދުވެރިވާތީއެވެ.

ހިމަ އަދި ބްލޮކްވެފައިވާ އާޓްރީތަކުގެ ސަބަބުން ހިތާއި ސިކުނޑި އަށް ނުވަތަ އެހެނިހެން ގުނަވަންތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސް އެޅެއެވެ. މިކަމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުން ނުވަތަ ހާޓް ފެއިލްވުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.

އެހެންކަމުން ޖުމްލަގޮތަކަށް ބުނާނަމަ އެޗްޑީއެލް މަތިވުމާއި އެލްޑީއެލް ދަށްވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ކޮލެސްޓްރޯލް މަތިވުމުގެ އަލާމާތްތަކަކީ ކޮބާ؟

ކޮލެސްޓްރޯލް މަތިވުމުން އެއްވެސް އަލާމާތެއް ނުފެންނާތީ ކޮލެސްޓްރޯލް ލެވެލް މަތިވިޔަސް ގިނަ ބަޔަކަށް ނޭނގެ އެވެ. އެހެންކަމުން ކޮލެސްޓްރޯލްގެ އެމީހެއްގެ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރި އަދަދަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ކޮލެސްޓްރޯލްގެ މިންވަރު މާ ބޮޑަށް ދަށްކުރުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ކުރިން ވެސް ބުނިހެން ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ނުވަތަ ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ކޮލެސްޓްރޯލް ލެވެލް އަށް އަސަރު ކުރަނީ ކީއްވެ؟

އެކި ތަފާތު ސަބަބުތަކާއި ހުރެ ކޮލެސްޓްރޯލް ލެވެލްއަށް އަސަރު ކޮށްފާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ޑައިޓް – ކެއުމުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް، ޓްރާންސް ފެޓް، ކާބޯހައިޑްރޭޓްސް އަދި ކޮލެސްޓްރޯލްގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެއެވެ. ކެއުމުގައި ސެޗުރޭޓެޑް ފެޓް، ޓްރާންސް ފެޓް އަދި ހަކުރު ހުންނަ މިންވަރު މަދުކުރުމުން ލޭގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެ އެވެ. ފައިބާ އާއި ގަސްގަހާގެހީން އުފެދޭ ސްޓެރޯލްގެ މިންވަރު އިތުރުކުރުމަކީ ވެސް އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ބަރުދަން – ހިތުގެ ބަލިތަކަށް ނުރައްކާވާ ސަބަބަކަށް ވުމުގެ އިތުރުން ބަރުދަން އިތުރުވުމަކީ ކޮލެސްޓްރޯލް ވެސް އިތުރުކޮށްދޭ ކަމެކެވެ. ބަރުދަން ލުއިކުރުމަކީ އެލްޑީއެލް އާއި ޓޯޓަލް ކޮލެސްޓްރޯލް ލެވެލް އަދި ޓްރައިގްލިސެރައިޑް ލެވެލް ދަށްކުރުމުގެ އިތުރުން އެޗްޑީއެލް މަތިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ކަސްރަތު – ގަވާއިދުން ކަސްރަތު ކުރުމަކީ އެލްޑީއެލް ކޮލެސްޓްރޯލް ދަށްކޮށް، އެޗްޑީއެލް ކޮލެސްޓްރޯލް މަތިކޮށްދޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް 30 މިނިޓް ފިޒިކަލީ އެކްޓިވްވާން މަސައްކަތް ކުރަން ވާނެ އެވެ.

އުމުރާއި ޖިންސު – އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު މައްޗަށް ދެއެވެ. އަދި މެނޯޕޯޒްވުމުގެ ކުރިން އަންހެނުންގެ ޖުމްލަ ކޮލެސްޓްރޯލް ލެވެލް އެއް އުމުރެއްގެ ފިރިހެނުންނަށް ވުރެ ދަށްވެ އެވެ. ނަމަވެސް މެނޯޕޯޒް އަށް ފަހު އަންހެނުންގެ އެލްޑީއެލް ލެވެލް މަތިވެ އެވެ.

އާއިލީ ވާރުތަ – ހަށިގަނޑުން ކޮލެސްޓްރޯލް އުފައްދަނީ ކިހާ މިންވަރަކަށްކަން ތިބާގެ ޖީންތަކުން ބައެއް ފަހަރު ކަނޑައަޅައެވެ. ލޭގެ ކޮލެސްޓްރޯލް މަތިވުމަކީ އާއިލާތަކުގައި ހިނގާ ކަމެކެވެ.

ބައްޔެއްގެ ސަބަބުން –  ބައެއް ފަހަރު މެޑިކަލް ހާލަތެއް މެދުވެރިވުމުން ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރޭގައި ހައިޕޮތައިރޮއިޑިޒަމް (އަންޑައެކްޓިވް ތައިރޮއިޑް ގްލޭންޑް)، ފުރަމޭގެ ބަލިތައް އަދި ކިޑްނީގެ ބަލި ހިމެނެ އެވެ.

ބޭސް – ސްޓެރޮއިޑްސް އާއި ޕްރޮޖެސްޓިން ފަދަ ބައެއް ބޭސްތަކުގެ ސަބަބުން “ނުބައި” ކޮލެސްޓްރޯލް އިތުރުވެ “ރަނގަޅު” ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ.

ހައި ކޮލެސްޓްރޯލަށް ފަރުވާ ކުރަނީ ކިހިނެއް؟.

ކޮލެސްޓްރޯލް މަތިވުމުގެ ފަރުވާގެ މައިގަނޑު އަމާޒަކީ އެލްޑީއެލް ލެވެލް ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމެވެ. ކޮލެސްޓްރޯލް ދަށްކުރުމަށް ޓަކައި ހިތަށް ފައިދާހުރި ކާނާ ކެއުމާއި ގަވާއިދުން ކަސްރަތުކުރުމާއި ދުޅަހެޔޮ މިންވަރެއްގައި ބަރުދަން ދެމެހެއްޓުން ހިމެނެއެވެ. އަދި ބައެއް މީހުންނަށް ކޮލެސްޓްރޯލް ދަށްކުރާ ބޭސްތައް ވެސް ބޭނުން ކުރަން ޖެހިދާނެ އެވެ.

އެލްޑީއެލް ދަށްކުރުމަށް ޑޮކްޓަރުން ތިބާގެ “ލަނޑުދަނޑިތައް” ކަނޑައަޅަނީ ހިތުގެ ބަލީގެ ނުރައްކާ ހުރި މިންވަރުގެ މައްޗަށް ބިނާކޮށެވެ. ރިސްކަށް ބަލައި، އެލްޑީއެލް މަދުކުރުމުގެ އިންޓެންސިޓީ ޑޮކްޓަރުން ދެނެގަނެ، އެއާ އެއްގޮތަށް ބޭހެއް ލިޔެދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ