މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެންމެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ހާސިލްކޮށްފިއެވެ.
ހުރަވީ ސްކޫލުގައި މިކަމަށް ޚާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކޮށްދެއްވާފައެވެ.
އޭލެވެލް އިމްތިހާނުގައި ރައީސްގެ ސްކޮލާޝިޕް ލިބުނީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރެއްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއް އަދި އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރަކަށެވެ.
އޭގެތެރޭގައި ހިމެނެނީ:
ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން
ތީބާ އަލީ ޝަފީއު
އައިޝަތު ޖަނާން އަހުމަދު
އަހުމަދު ޒާހު ވަދީފު
ރަޔާން އަހުމަދު އަލީ
އައިޝަތު ލީސާ ސައީދު
މައިހާ ހަސަން މުހައްމަދު
ސީއެޗްއެސްއީ އިން
ޒަޔާން ޒުހުރީ
އަލި ސައުދާން ޝަހީން
ހަސަން ބަނީން ޝުރޫތް
މުހައްމަދު އަބާން
މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު
މުހައްމަދު ސާމިހް ޝަފީގް
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން
ފިރުޒާން އަހުމަދު
ލަޔާން މުހައްމަދު ރަޝީދު
ރަޒާން އިބްރާހިމް ރަޝީދު
ޔުމްނު ޔަމާން އަލީ
އަރަބިއްޔާ ސްކޫލުން
އަބްދުލް މަތީން މުހައްމަދު
ހުސެއިން ވާއިލް މުހައްމަދު
ފާތިމަތު އިމްޝާ އިބްރާހިމް
އޭގެ އިތުރުން މި ހަފުލާގައި ވަނީ 117 ދަރިވަރަކަށް ހަޔާ އެޗީވާސް ސްކޯލާޝިޕްވެސް ހަވާލުކޮށްފައެވެ.



