އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގެ ދަރަނިވެރިވެފައިވާ މަސައްކަތްތެރިއަކު މައިނަކުން ބޮޑު ޑައިމަންޑެއް ހޯދައިފިއެވެ.
ރާޖޫ ގައުންޑް ނަމަކަށް ކިޔާ މި މަސައްކަތްތެރިޔާ ހޯދި މި ޑައިމަންޑަށް ސަރުކާރުގެ ނީލަމެއްގައި ގާތްގަނޑަކަށް 8 މިލިއަން ރުޕީސް (95،570 ޑޮލަރު؛ 74،000 ޕައުންޑް) ލިބޭނެ ކަމަށް ބެލެވެ އެވެ.
ރާޖޫ ގައުންޑް ބުނީ ޕަންނާ ސިޓީގައި މައިންތައް ކުއްޔަށް ދޫކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު ޑައިމަންޑެއް ލިބޭނެ ކަމުގެ އުއްމީދު އަބަދުވެސް އޮންނަ ކަމަށެވެ.
ޕަންނާއަކީ ޑައިމަންޑް ރިޒާވްގެ ސަބަބުން މަޝްހޫރު ވެފައިވާ ރަށަކަށް ވާއިރު، އަގުބޮޑު ހިލަ ހޯދުމުގެ ބޭނުމުގައި ގިނަ ފަހަރަށް މީހުން ސަރުކާރުގެ އަތުން އަގުހެޔޮ، ތިލަ މައިންތައް ކުއްޔަށް ނަގައެވެ.
ސަރުކާރުގެ ނޭޝަނަލް މިނަރަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެންއެމްޑީސީ) އިން ޕަންނާގައި ހިންގަނީ މެކޭނިޒަޑް ޑައިމަންޑް މައިނިން ޕްރޮޖެކްޓެކެވެ.
މީގެ އިތުރުން އާންމުގޮތެއްގައި އަސާސީ ވަސީލަތްތަކާއި އާލާތްތަކާއެކު ޑައިމަންޑް ހޯދަން މަސައްކަތްކުރާ ފަރުދުންނާއި އާއިލާތަކާއި ކޯޕަރޭޓިވް ގްރޫޕްތަކަށް ވެސް ތިލަ މައިން ކުއްޔަށް ދެ އެވެ. އެތަނުން ފެންނަ ކޮންމެހިލައެއްވެސް ސަރުކާރުގެ ޑައިމަންޑް އޮފީހާ ހަވާލުކުރުމަށްފަހު އިވެލުއޭޓް ކުރެއެވެ.
2018 ވަނަ އަހަރު ބުންދޭލްދޭލްގެ މަސައްކަތްތެރިއަކަށް ޕަންނާގެ މައިނެއްގެ ތެރެއިން 15 މިލިއަން ރުޕީސްގެ ޑައިމަންޑެއް ވެސް ވަނީ ފެނިފައެވެ. ނަމަވެސް މިފަދަ ހޯދުންތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހޯދުންތަކެކެވެ.



