- Advertisement -ad image

ސަމާލުވޭ! ފްލެޓްލިބިފައިވާ ކަމަށްބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ!

ad image

ގުޅުންހުރި ލިޔުންތައް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

ފުލުހުން ބުނީ މިގޮތަށް މީހުންނަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދެމުންދާ ކަމަށެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް އެމީހުންދަނީ ހޯދަމުންކަމަށެވެ.

އެގޮތުން އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވާ އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލް އަށް ވަނުމަށް ބޭނުންވާކަމަށް ބުނާއިރު އީ-މެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލްއަށް އެކްސެސް ހޯދާ ކަމަށެވެ. އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންގ އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފަހަކަށް އައިސް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމަށް އެކިކަހަލަ ފްރޯޑް ކޯލްތައް ކުރަމުންދާ ކަމަށް ތަފާސް ހިސާބުތަކުން އެނގެން އެބައޮތެވެ. މީގެ ތެރޭގައި ބޮޑެތި ވިޔަފާރިތަކުގެ ނަމުގައި ގުޅައި ގުރުއަތުން ހޮވިގެންނާއި ގޭގެ ކުއްޔަށް ދޭނެ ކަމަށް ބުނެވެސް ފައިސާ ހޯދާފައިވާ އެތައް މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ