Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފޮތްތަކުން ފެށިގެން ފުރިހަމަ ކާމިޔާބީއާ ހަމައަށް: އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދުމަށް އިރުޝާ ކުރި ދަތުރު!

ad image

ގުޅުންހުރި ލިޔުންތައް

އައިޝަތު އިރުޝާ އިރުޝާދަށް ފޮތްތަކަކީ ކުޑައިރުއްސުރެ ވެސް އޭނާގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެތައް އަހަރެއް ވަންދެން ފޮތް ކިޔުމާއި، ކިޔެވުމުގައި ދެމިހުރުމާއި، އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ސަބަބުން، ދިއްފުށީ ސްކޫލުގެ މި ދަރިވަރަށް ކޭމްބްރިޖް ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި (އޭސް އަ ސެކަންޑް ލެންގުއޭޖް) މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދުމުގެ މަގު ފަހިވެގެންދިޔައެވެ. 2025 ވަނަ އަހަރުގެ ކޭމްބްރިޖް އޯ ލެވެލް އިމްތިޙާނުގައި މި މާއްދާއިން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދައި، އިރުޝާ ވަނީ “އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލަރނަރ އެވޯޑް” ހާސިލުކޮށްފައެވެ. އޭނާގެ މި ކާމިޔާބީއަކީ 2025 ވަނަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގައި ދިވެހި ދަރިވަރުން ދުނިޔޭގެ ފެންވަރުގައި ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ. އިރުޝާގެ މި އެވޯޑުގެ ފަހަތުގައިވަނީ އޭނާ އަމިއްލައަށް އެކުލަވާލައިގެން ކުރިއަށްގެންދިޔަ އާދައިގެ ތާވަލަކާއި، ދީނަށް އޮތް ލޯތްބާއި ނުގުޑާ އަޒުމެކެވެ.

ތާވަލަކާއި، އަމާޒެއް އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި، އިރުޝާ ކިޔެވުމުގެ ތާވަލެއް ތައްޔާރުކޮށް، ހޭލާއިރަށް ފެންނާނެހެން އޭނާގެ ކޮޓަރީގައި ބެހެއްޓިއެވެ. އަދި އޭނާ އެ ތާވަލާ އެއްގޮތަށް ފުރިހަމައަށް އަމަލުކުރަމުން ދިޔައިރު، ވޭތުވެދިޔަ އަހަރުތަކުގެ އިމްތިޙާނު ކަރުދާސްތައް (ޕާސްޓް ޕޭޕަރުތައް) ހެދުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ.މަންމަ އަބަދުވެސް ބަލާނެ ތާވަލާ އެއް ގޮތަށް އިރޫ ކަންކަން ކުރިޔަށް ގެންދޭތޯ .ފަހުން އެ އާދަ ހުރިީ ގައިގައި ހަރުލާފަ. އިރުޝާގެ ތައްޔާރީތައް ދީނީ ކަންކަމާ ވެސް ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެގޮތުން ގަވާއިދުން ނަމާދުކުރުމަށް ސަމާލުކަން ދިންއިރު، ކިޔަވަން ރޭގަނޑު ހޭލާ ހުންނަ ރޭރޭ ދަމުނަމާދު ވެސް ކުރެއެވެ. އިރުޝާ ބުނި ގޮތުގައި ސްކޫލް ދައުރުގައި ޓީޗަރުންގެ ފަރާތުން އޭނާއަށް އަބަދުވެސް ހިތްވަރު ލިބުނެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ހާއްސަކޮށް އޭނާގެ އިނގިރޭސި ޓީޗަރު ވަރަށް ބޮޑަށް ހިތްވަރު ދެއްވާނެ. ގިނަފަހަރަށް ފާހަގަކުރަނީ އޭނާއަކީ ތަޢުލީމީ ގޮތުން “ބްރިލިއަންސް އެވޯޑް” ހޯދުމުގެ ޤާބިލުކަން ހުރި ކުއްޖެއް ކަމުގައެވެ.

މަންމަ ވެސް ހަމަ ބައްދަލުވުމުގަ ބުނާނެ ދަރިފުޅަށް ހޯދޭނެއޭ ! އޭނާގެ އުންމީދަކީ ފާހަގަކޮށްލެވޭ މޮޅު ދަރިވަރަކަށް ވުން ކަމުގައި ވިޔަސް، ކޭމްބްރިޖްގެ މިފަދަ އެވޯޑެއް ޙަޤީޤަތުގައި ލިބިދާނެ ކަމަކަށް ދުވަހަކުވެސް އިރުޝާ ހިއެއް ނުކުރެއެވެ. ފޮތުން ފުރިފައިވާ އަލަމާރިއެއް އިނގިރޭސި ބަހަށް އޭނާގެ ހިތުގައި އޮތް ލޯތްބަކީ ހަމައެކަނި އިމްތިޙާނަށް ތައްޔާރުވުމުގެ ތެރެއިން އުފެދުނު އެއްޗެއް ނޫނެވެ. ނަމަވެސް، ފޮތް ކިޔުމަކީ އިރުޝާގެ ކުޑައިރުއްސުރެ ވެސް އެންމެ ގަޔާވާ އެއް ކަންތަކެވެ. އޭނާގެ މަންމަ ގަވާއިދުން އޭނާއަށް ފޮތް ގަނެދޭއިރު، އޭގެ ތެރެއިން ގިނަ ފޮތްތައް އަދިވެސް ގޭގެ އަލަމާރިއެއްގައި ރައްކާތެރިކަމާއެކު ބަހައްޓާފައި އެބަހުއްޓެވެ. ސްކޫލުން ބޭރުގައި ވެސް އިރުޝާ ވަގުތު ހޭދަކުރަނީ ވާހަކަ ފޮތްތައް ކިޔުމާއި ވޭތުވެދިޔަ އަހަރުތަކުގެ އިމްތިޙާނު ކަރުދާސްތައް ހެދުމުގައެވެ. އިނގިރޭސި ބަހަށް އޮތް ޝައުޤުވެރިކަމުގެ ސަބަބުން، ސްކޫލުގެ އިނގިރޭސި ކްލަބުގައި ވެސް އިރުޝާ ވަރަށް އިސް ދައުރެއް އަދާކުރިއެވެ. އެގޮތުން ފުރަތަމަ ނައިބު ރައީސްގެ މަޤާމު އަދާކުރުމަށްފަހު، ފަހުން އިރުޝާ ވެގެންދިޔައީ އެ ކްލަބުގެ ރައީސަށެވެ. ދުނިޔޭގެ އެއްވަނަ ލިބުނު ވަގުތުކޮޅު އިރުޝާއަށް ދުނިޔޭގެ އެއްވަނަ ލިބުނު ޚަބަރު ފުރަތަމަ ލިބުމުން، އުފަލުން ގޮސް އޭނާއަށް އެކަން ޤަބޫލުކުރަން ވެސް ފުރަތަމަ އުނދަގޫވިއެވެ. އޭނާއަށް އެންމެ ފުރަތަމަ ވެސް ކުރެވުނު ކަމަކީ މާތް ﷲ އަށް ހަމްދުކޮށް ޝުކުރު ދެންނެވުމެވެ.

އެވޯޑް ލިބޭކަން އެނގުނީމަ ވަރަށް އުފާވި. ފުރަތަމަ ޤަބޫލެއްވެސް ނުކުރެވުނު، އެކަން ކުރެވުނު ކަމަކަށް.. އެވަގުތު މާތްﷲއަށް ވަރަށް ހަމްދުކޮށް ޝުކުރު ކުރިން..” އިރުޝާގެ އަށް ކުރެވުނު އިހްސާސްތައް ހިއްސާކުރަމުން ބުންޏެވެ.

އިރުޝާގެ މި ކާމިޔާބީގެ ހަބަރާއެކު ޓީޗަރުންގެ ފަރާތުން ތަހުނިޔާގެ މެސެޖުތައް އޮހެން ފެށިއިރު، އޭނާގެ އިނގިރޭސި ޓީޗަރު ވަނީ މި ކާމިޔާބީ ފާހަގަކުރުމަށް އަމިއްލައަށް ގުޅައި ހިތްވަރު ދީފައެވެ. އާއިލާގެ ހުވަފެން ހަގީގަތަކަށް އިރުޝާގެ މި ކާމިޔާބީގެ ފަހަތުގައިވަނީ، އެންމެ ކުރީއްސުރެ އޭނާއަށް އެއްބާރުލުން ދެމުން އައި އާއިލާއެކެވެ.އޭނާގެ ހިތްވަރުގަދަ މަންމައެވެ.އިރުޝާގެ މަންމަ ބުނި ގޮތުގައި، އިރުޝާއަށް މިފަދަ ކާމިޔާބީއެއް ހާސިލުކުރެވިދާނެ ކަމަށް އޭނާ އަބަދުވެސް ގަބޫލުކުރި ކަމަށާއި، އެއީ ދަރިފުޅު ކުޑައިރުއްސުރެ މަންމަ ދެކެމުން އައި ހުވަފެނެކެވެ.

“އަބަދުވެސް ދުޢާ ކުރަން ދަރިފުޅަށްޓަކައި އަދި ބުނަން ދުޢާ އާ އެއްވަރަށް މަސއްކަތްވެސް ކުރަންވާނެ އޭ.. ޢިލްމުގެ ފޮނި މީރުކަން ލިބޭނީ ތަކުލީފާ އެއްކޮންނނޭ.. ދަރިފުޅާ އޭ ކާމިޔާބުވާނެ އޭ.. އަބަދުވެސް އިރުޝާއަށް ހިތްވަރު ދެނީ ހިތްވަރުގަދަ، ކިޔަމަންތެރި ރަނގަޅު އަޚްލާޤު ރަނގަޅު ކުއްޖެއްގެ ގޮތުގައި ހުރުމަށާއި، ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް…” އިރުޝާ މަންމަ ބުނެފައިވެއެވެ.

މީގެއިތުރުން އިރުޝާގެ މަންމަ ވަނީ ފިކުރީ ޕްރީސްކޫލުން އަދި ގުރޭޑް 1ކުން ފެށިގެން ގްރޭޑް 10 އާ ހަމައަށް އިރުޝާއަށް ދިން އެއްބާރުލުމަށްޓަކައި ފިކުރީ ޕްރީ ސްކޫލުގެ ހުރިހާ މުވައްޒަފުން އަދި މުދައްރިސުންނަށް އަދި ދިއްފުށީ ސްކޫލުގެ ހުރިހާ މުވައްޒަފުންނަށާއި އެންމެހާ ލޮބުވެތި މުދައްރިސުންނަށް ހާއްސަކޮށް އިގިރޭސި ޓިޗަރ ޖިއޯ ސަރ ،ޝަޒުމީލާ މިސް ، އިކްރާމް ސާރ، ކުރީގެ ޕްރިންސިޕަލް ޢިނާދު ސަރ އަށް ޝުކުރު އަދާކޮށްފައެވެ. އިރުޝާ ބުނިގޮތުގައި އޭނާހެ އެންމެ ބޮޑު ސަޕޯޓަރުންނަކީ މައިންބަފައިންނެވެ. ޚާއްސަކޮށް ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފެއްދުމުގައި މަންމަ އަދާކުރި ދައުރު އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ކުޑައިރުގެ ޓީޗަރުންނަށާއި، މުޅި އާއިލާއަށާއި، އަދި އޭނާގެ ތައުލީމީ ޙަޔާތުގައި އެކި ގޮތްގޮތުން ހިތްވަރު ދިން ގާތް އެކުވެރިން، ޖުމްލަކޮށް އެންމެހައި ފަރާތްތަކަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ.

“އެންމެ ކުޑައިރުއްސުރެ ބޮޑުވަންދެން ކިޔަވައިދިން ހުރިހާ މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަޅުގަނޑުގެ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުން ކަމަށްވާ މަންމަ އާއި ބައްޕައަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ… ހާއްސަކޮށް ފޮތް ކިޔަން އަޅުގަނޑަށް ޝައުގު ހޯދަދިން މަންމައަށް… ދެން އާއިލާއިން ކޫކާ އާއި ތުއްތަ އަދި ދޮންތަ.. ދެން ކާފަ އާއި މާމައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” އިރުޝާ ބުންޏެވެ. އިރުޝާ ޤަބޫލުކުރާ ގޮތުގައި ކޮންމެ ދަރިވަރެއްގެ ވެސް އުނގެނުމުގެ ވައްޓަފާޅި ތަފާތެވެ.

އަދި ބައެއް ފަހަރު ސަމާލުކަން ދޭން އުނދަގޫވުމަކީ އެ ދަރިވަރަކަށް ކާމިޔާބު ނުހޯދޭނެ ސަބަބެއް ނޫނެވެ. އެހެން ދަރިވަރުންނަށް އޭނާ ދޭ ނަސޭހަތަކީ، ކިޔެވުމުގެ ތާވަލެއް ހަދައި އެއަށް ފުރިހަމައަށް އަމަލުކުރުމެވެ. ސަބަބަކީ ސާފު ޕްލޭނެއް އޮތުމުން ކިޔެވުން ފަސޭހަވެގެން ދާތީއެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ކުރެވިގެންދާނެތީވެއެވެ. މީގެ އިތުރުން، ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި އަދި ޒިކުރު ކުރުމާ ދުޢާކުރުމަކީ އޭނާގެ މި ދަތުރުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަންކަން ކަމުގައި ވެސް އޭނާ ދެކެއެވެ. އިރުޝާއަށް ދުނިޔޭގެ އެއްވަނަ ހޯދުމުގެ ދަތުރު ފެށުނީ ހަމައެކަނި އިމްތިހާނު ކަރުދާހަކުން ނޫނެވެ. އެ ދަތުރު ފެށުނީ އެއަށްވުރެ މާ ކުރިންނެވެ. ފޮތްތަކުގެ ތެރޭގައި އުޅުނު ކުޑަކުއްޖަކާއި، ފޮތް ކިޔުމަށް ހިތްވަރުދިން މަންމައަކާއި، އޭނާގެ ގާބިލުކަމަށް އިތުބާރުކުރި ޓީޗަރުންތަކަކާއި، އަދި ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުމުގެ އަޒުމުންނެވެ. އަދި އެންމެ ފަހުން، އެ ގަނޑުތަކުގެ ސަބަބުން އޭނާ ގެންގޮސްދިނީ ދުނިޔޭގެ އެންމެ އުހަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ