ވިނަރެސް ފްލެތައް ކައިރިން ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ހުޅުމާލެ ކޯޓުން ޖަހައިފިއެވެ.
ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ބުދަ ދުވަހު މެންދުރު އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެގޮސް މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވުމާއެކު ކާރު ދުއްވި މީހާ ފިިލިއެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ
ކ. މާލެ، ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާން
ކ. މާލެ، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް
ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޖިނާހްގެ ބަންދަށް 15 ދުވަސް ޖެހިިއިރު، ބާކީ ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.



