ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ “މަގުމަތީ ހިނގާލުން” މިއަދު ހަވީރު ހުޅުމާލޭ ފޭސް 1 ގައި އޮންނާނެއެވެ.
އެގޮތުން އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ހުޅުމާލޭގައި މިއަދު ކުރިއަށްގެންދަން ނިންމާފައިވާ “މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން” ފަށާނީ ހަވީރު 04:15ގައެވެ.
މި ހިނގާލުން ހުއްޓާނެ ސަރަހައްދުތައްކަމުގައި ބުނެފައިވަނީ ވަން ސެންޓްރަލް ޕާކު ބިލްޑިންގ ކަންމަތީގައްޔާއި، ހުޅުމާލެ ހޮސްޕިޓަލުގެ މަގު ހުޅަނގުން ސެންޓްރަލް ޕާކު ކައިރީގެ އިތުރުން ސިފްކޯ ހިޔާ އަދި އެސްޓާރސް ހަތަރުއަނގޮޅި ކަންމަތީގައެވެ.
ހިނގާލުން އޮތް ނަމަވެސް ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާ ނޫން ކަމަށް ފުލުހުން ހާމަކުރެއެވެ.



