ރާއްޖޭގެ އަސްކަރީ ލަޝްކަރުގެ ޤާބިލުކަން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހުކުރު ދުވަހު މާލޭގައި ބޭއްވި އަސްކަރީ ޕެރޑާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ މި ހިނގާލުމުން ދައްކުވައިދެނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުގެ ދަށުން، ސިފައިންގެ އިރުޝާދާއެކު ލީޑަރޝިޕުން އަސްކަރިއްޔާގެ ކަންތައްތައް ކުރިއަށްވުރެން ރަނގަޅަށް ބައްޓަން ކުރުމަށް ކުރައްވާ ބުރަ މަސައްކަތާއި، ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ހިމާޔަތް ކުރުމަށް ދޭ އިސްކަންކަމަށެވެ.
ސިފައިންގެ އަސްކަރީ ޕެރޭޑްގެ އިތުރުން ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑްވެސް ހުކުރު ދުވަހު ބޭއްވި ޕެރޭޑްގައި ވަނީ ދައްކާލާފައެވެ. އަދި ހޮނިހިރު ދުވަހު ހުޅުމާލޭގައިވެސް މި ޕެެރޭޑް ބާއްވާފައި ވެއެވެ.
މާލޭގައި ބޭއްވި ޕެރޭޑަށް ފަހު ޑިފެންސް މިނިސްޓަރ ވަނީ އެންމެހާ ސިފައިންނަށް ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.



