ނިމިިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ދެވަނަ ފިޔަވަހިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ގޯތިތައް ހަވާލު ކުރެވޭނެ ދުވަހެއް އޮޅުން ފިލުވުމަށް މިނިސްޓަރު މިއަދު ވަނީ މަޖިލިހަށް ހާޒިރުކޮށްފައެވެ. އެ ގޯތިތައް ވެރިފަރާތްތަކާ ހަވާލު ކުރެވޭނީ ކިހާ ހިސާބަކުތޯ މެމްބަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތައް ބަހާފައި ހުރިއިރު، ކުންފުނިތަކުގެ މަސައްކަތްތަކަށް ސާމާނުތައް ބަހައްޓާ ސައިޓުތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ގޯތި ދީފައިވާ ކަމަށެވެ.
ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑު ފަޅުން މީހުންނަށް ދޭން ނިންމާފައިވާ ގޯތިތައް މި ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އަށް ބަދަލުކޮށްފައެވެ. އެގޮތުން ދެވަނަ ފިޔަވަހިން ދިނުމަށް ހަމަޖެހިފައިވާ 1،407 ގޯތި އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ވެރިފަރާތާ ހަވާލުކުރެވޭނެ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.
“ކަނޑުންނާއި ފަޅުން ދީފައި ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔޭނެ. މި ސަރުކާރުން ހަގީގަތުގައި މި ޖެހެނީ މި ތަންތަން ގޯއްޗަށް ބަދަލުކުރަން. އެހެންވީމާ މި ސަރުކާރުން ބިން ހިއްކައިގެން ގޯތިތަކަށް ބަދަލުކުރާނެ،” ހައިދަރު ވިދާޅުވި އެވެ.
ފޭސް ތިނެއް ހިއްކާ ނިންމޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވީ އަންނަ ނޮވެމްބަރު މަހުގައެވެ.




ހިރީސްނޫހަކީވެސް ވަކި ބަޔެއްގެ ޖަރީމާ ފޮރުވާ ނޫހެއްތާ