Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާކިސްތާނުން ވެސް އެމްޕޮކްސް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަވައްޓެރި ޕާކިސްތާނުން އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ.

ޕާކިސްތާނުން އެމްޕޮކްސް ވައިރަހަށް އެކަކު ޕޮޒިޓިވްވެފައި މިވަނީ އެފްރިކާގައި ދާދި ފަހުން ފެތުރެން ފެށި ރޯގާއާ ގުޅުން ހުރި މާ ފަސޭހައިން ފެތުރޭ އަދި ނުރައްކާތެރި ވޭރިއަންޓެއް ސްވިޑެންއިން ފެނުނުކަން ސްވިޑެންއިން ކަށަވަރުކުރިތާ އެއް ދުވަސް ފަހުންނެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކޭސް ފެނުނު އެމްޕޮކްސް ސްޓްރެއިން އަދި ނޭނގޭ ކަމަށެވެ.

މި ކޭސް ފެނުނު އުމުރުން 34 އަހަރުގެ ބަލި މީހާއަށް ފަރުވާ ދެމުން އަންނަ ހުޅަނގު އުތުރު ޕްރޮވިންސްގެ ޚައިބަރު ޕަޚްތޫންޚުވާގެ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު އިރުޝާދު ރޮގާނީ ވިދާޅުވީ ބަލިމީހާއަށް ވައިރަސް ޖެހުނީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ޖެނެޓިކް ސީކުއެންސިން ހެދުމަށް ސާމްޕަލް ތައް އިސްލާމްއާބާދަށް ފޮނުވާފައިވާ ކަމަށެވެ.

ޔޫރަޕިއަން ސެންޓާ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން މިދިޔަ ހުކުރު ދުވަހު ވަނީ އެމްޕޮކްސްގެ ރިސްކް ލެވެލް “ލޯ” އިން “މޮޑަރޭޓް” އަށް މަތިކޮށް، އިމްޕޯޓް ކޭސްތައް އިތުރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެއީ ސްވިޑެންއިން ބަލި ޖެހިފައިވާ މީހެއްގެ ގައިން ކްލޭޑް 1 ނަމަކަށް ކިޔާ ވައިރަހުގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިފައިވާކަން އިއުލާނުކުރިތާ އެއް ދުވަސް ފަހުންނެވެ.

ގައިންގަޔަށް ފަސޭހައިން ފެތުރޭ ކްލެޑް 1 ގުޅިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ފެށުނު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި ވައިރަހުގެ ނުރައްކާތެރި ސަރޖަކާ އެވެ. ސްވިޑެންގެ ޕަބްލިކް ހެލްތު އެޖެންސީން ބުނި ގޮތުގައި ސްވިޑެންގެ މި ކޭސްއަކީ އެފްރިކާ ބައްރުގެ ބޭރުން މިފަދަ އިންފެކްޝަނެއް ފެނުނު ފުރަތަމަ ކޭސް އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު ވަނީ އެފްރިކާގައި ކްލެޑް 1 ފެތުރޭތީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. 

އެފްރިކާގައި މިއަހަރު އެމްޕޮކްސް ޖެހިގެން 14،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވާ ކަމަށާއި މިއީ މިހާރުވެސް މިދިޔަ އަހަރުގެ އަދަދުތަކަށް ވުރެ އިތުރު އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ޕޮޒިޓިވްވި މީހުންނާއި މަރުވި މީހުންގެ 96 އިންސައްތަ އަކީ ޑީއާރުސީގައި ތިބި މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ