Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަހަރަކު ދެފަހަރު ބައި-އިލެކްޝަން ބާއްވާގޮތަށް ގާނޫނަށް ގެނައި ޢިސްލާހު ތަސްދީޤުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށް ބަޔާންކޮށް ޤަނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި 7 ވަނަ އިޞްލާހެވެ. މި ބިލު ފާސްކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޤާނޫނު ކުރިން އޮތް ގޮތުން ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. ސަރުކާރުން ހުށަހަޅުއްވާފައިވަނީ މި މުއްދަތު 183 ދުވަހަށް އިތުރުކުރުމަށެވެ.

މި ބިލުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާ އިޞްލާޙުކޮށް، އެ މާއްދާގެ ދަށުން ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާންކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް “26-1 ވަނަ މާއްދާގެ ގޮތުގައި” މާއްދާއެއް އިތުރުކޮށް، އެ މާއްދާގައި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަން ބާއްވާނެ ގޮތުގެ އިޖުރާއަތުތައް މި ބިލުން ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެ މާއްދާގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށާއި، މިގޮތަށް ބާއްވާ ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު މުއްދަތެއް، އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ މި ޤާނޫނަށް ޢަމަލު ކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ