ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ޙައްޔަރުކޮށްފިއެވެ. މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރްފަތް ހޮސައިންއެވެ.
މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެމީހާގެ މައްޗަށް މަގުމަތީގައި އުޅޭ ބުޅާތައް ހިފާކަމުގެ ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން މީސް މީޑިއާގައި އާންމު ގިނަ ފަރާތްތަކުންވެސް ހިއްސާކޮށްފައިވެއެވެ. އަދި އެމައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ބަލަން ފެށީ އިއްޔެއެވެ.
މިމައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ކޮށްފައިވެއެވެ. އެގޮތުން މައްސަލަ ބެލުމަށް އޭނާ ދިރިއުޅޭ ތަނަށް އިމިގްރޭޝަނުން ދިޔައިރު އެތަނުން އޭނާ ފެނިފައި ނުވާތީ، އޭނާގެ ވަނަވަރު އާންމުކޮށް 5 ދުވަހުގެ ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ޢާންމުކޮށް އިއުލާންކުރިއެވެ.




ބުޅާތަށް ހިތަށްމިއަރަނީ މިގައުމުގާ ތިބާވަތުގެ ކޮންމެކަމެއްވެސް ވާގޮތަ ބުޅާތައް ކަތިލާ ކައިހެދި މީހާވެސް އާޚިރުގާ ނިމޭނީ ނަފުސާނީމީހެއްކަމަށް ކަމަށް ބާއޭ.