ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ކިއޮސްކުތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 20 ކިއޮސްކު ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށާއި މި ކިއޮސްކުތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު ފަސް ވަނަ ދުވަހު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށެވެ.
މި ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. މި ގުރުއަތު ނެގުން އޮންނާނީ ސެޕްޓެމްބަރު 19 ވަނަ ބުރާސްފަތިި ދުވަހު ހެދުނު 10:00 ގައެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެއެވެ.



