Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސިނަމާލެ ބުރިޖުގެ މަސައްކަތާއި މިނިސްޓްރީ އާ ހަވާލުކުރި ފަހުން ލޭނުގެ އަދަދަށް ބަދަލެއް ނުގެނޭ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ބުރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކުރެވުނީ 2014 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި، އޭގެ ފަހުން ބުރިޖުގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި ބުރިޖު މަޝްރޫޢުގެ އިމްޕްލިމެންޓިން އެޖެންސީ އަދި އެގްޒެކިއުޓިން އެޖެންސީ ކަނޑައެޅުމާ ގުޅޭ މައުލޫމާތު ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“25 ސެޕްޓެމްބަރު 2014ގައި އަޅުގަނޑު ހަނދާންވަނީ، ޗެކް ކުރެވިދާނެ، ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް ސިޓީއެއް ކޮބައިކަން އިމްޕްލިމެންޓިން އެޖެންސީއަކަށް ކަނޑައަޅާ އޮފީހަކީ. ކޮބާކަން މީގެ އެގްޒެކިއުޓިން އެޖެންސީއަކީ. މިހެން ގޮސް ހުރި ކަންކަން”

އަދި ރައީސް ވިދާޅުވީ އޭގެކުރިން ބުރިޖުގެ މަސައްކަތްތަކުގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާ ކަމަށެވެ. ނަމަވެސް އެ ތާރީޚަށްފަހު ޕްރޮޖެކްޓްގައި ހިނގި ހުރިހާ ކަމަކާއި، އައި ބަދަލުތައް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ޕްރިލިމިނަރީ ޑިޒައިން ސްޓޭޖް، ޕްރީ ފީޒިބިލިޓީ ސްޓޭޖް، ފީޒިބިލިޓީ ސްޓޭޖާއި، ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއލް ޑިޒައިނިން އާއި ހުރިހާ މަރުހަލާއެއް ދިޔައީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރައީސް އަދި ވިދާޅުވީ އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައި ނުވާ ކަމަށެވެ. އަދި މަސައްކަތާ ހަވާލުވި އިރުވެސް އޮތީ ކޮޅަކަށް ދެ ލޭނު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސިނަމާލެ ބްރިޖްގެ މަސައްކަތްތައް އެއްކޮށް ނިމެން މަހަކަށް ވެފައި އޮއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބްރިޖް ކޮމިޓީ ހާޒިރުކުރައްވައި، ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށާއި، އެކަމަކު މަޝްރޫއު ނިމެން ގާތްވެފައި އޮއްވާ ލޭނެއް ކަނޑައެޅުމަކީ ނުވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ އިރުޝާދުތަކާ އެއް ގޮތަށް މަސައްކަތް ނިންމުމަށް އޭރު ހުރިހާ ވަޒީރުން މަސައްކަތް ކުރައްވާ ކަމަށާއި ސަރުކާރުން އެކުލަވާލާފައިވާ “ބްރިޖް ކޮމިޓީ” ގެ އެހެން ބޭފުޅުންނާ އެކީ ލޭނެއް އިތުރު ކުރަން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

“ޗައިނާ ސަރުކާރާ އެކީ ވެސް އަޅުގަނޑު ސީދާ ވާހަކަ ދައްކަމުން ދިޔައީ، އެކި ގޮތް ގޮތަށް ބްރިޖު ކޮމިޓީން ބަލަމުން ދިޔައީ، ހިނގަން ބައިސްކަލަށް އޮތް ލޭނަށް ސައިކަލެއް އަރުވައިގެން ދުއްވޭތޯ ވެސް ބެލިން، އެ ލޭނު ސައިކަލަށް ހަމަޖައްސަން،” އެމަނިކުފާނު ވިދާޅުވި އެވެ.

ދެން ރައީސް ޔާމީން ބޭނުންފުޅުވީ ބްރިޖު ހުޅުވުން ކެންސަލް ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އޭރު ބްރިޖު ހުޅުވުމުގެ ތާރީހު ކަނޑައެޅުމުގެ އިތުރަށް ޗައިނާ ސަރުކާރުގެ ފަރާތުން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ މަންދޫބު ވެސް ކަނޑައެޅިފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ، ބްރިޖްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ކަނޑައެޅި ގޮތަށް، މަސައްކަތުގެ އެއްވެސް ސްޓޭޖެއްގައި އުނި އިތުރެއް ގެނައުމެއް ނެތި ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ