ދިވެހި ފުލުހުންގެ ހިދުމަތުން ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ބައެއް ގޭގެ ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.5 ކިލޯ އެވެ. އޭގެ އިތުރުން 50،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރު ފެނިފައިވެ އެވެ.
މި އޮޕަރޭޝަނުގައި ހަ މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި އިރު އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި ހަ މީހުންގެ ތެރެއިން އެކަކު އަށް ދުވަހަަށް އަދި ފަސް މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި މި މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި ބަންދުކޮށްފައިވަނީ:
އަހުމަދު މުރުޝިދު (35 އ) – ބަންދަށް 8 ދުވަސް
އަބްދުﷲ ނިޝާދު (26 އ) – ބަންދަށް 5 ދުވަސް
އަހުމަދު އަސީމް (26 އ) – ބަންދަށް 5 ދުވަސް
އަހުމަދު ނައުޝާދު (28 އ) – ބަންދަށް 5 ދުވަސް
އަލީ ރަޝީދު (30 އ) – ބަންދަށް 5 ދުވަސް
މުހައްމަދު މާއިދު (28 އ) – ބަންދަށް 5 ދުވަސް
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



