ހުޅުމާލޭގައި ރޭ ދަންވަރު ލައިސެންސެއް ނެތް މީހަކު، ބާރު ސްޕީޑުގައި ސީ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ދުއްވަނިކޮށް ހުއްޓުވައިފި އެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ރޭ ދަންވަރު ފުލުހުން ވެހިކަލް ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވަމުން ދިޔައިރު، ބާރު ސްޕީޑްގައި ދުއްވި ކާރެއް ހުއްޓުވައި ބެލިއިރު، އެ ކާރަކީ “ސީ” ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއްކަން އެނގިފައިވާ ކަމަށެވެ. އަދި ކާރު ދުއްވި ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު (38އ) އަކީ ލައިސަންސް ނެތް މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
“ކާރު ޓޯ ކުރަން އުޅުމުން ފުލުހުންނަށް އެއްބާރުލުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކުކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައި،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ލައިސަންސް ނެތްއިރު، އޭނާ ދުއްވި ކާރަކީ ވެސް ސައްހަ ނޫން ނަންބަރު ބޯޑެއް ހަރުކޮށްފައިވާ ކާރެއް ކަމުން ކާރު ޓޯ ކުރަން ފުލުހުން އުޅުމުން ފުލުހުންނަށް އެއްބާރުލުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ އެމީހާ ކާރު ދޮރު ތަޅުލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



