ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ތަޞައްވުރު ނައްސި ވާގޮތަށް ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން އެ ކުންފުނިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
75 އަހަރުގެ ދިގު ތާރީޚެއް އޮތް މި ކުންފުނިން މިފަދައިން ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ބައެއް ފަރާތްތަކުން ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ބައެއް ހަގީގަތާއި ޙިލާފު މަޢުލޫމާތު ފަތުރަމުން ދިޔުމާ ގުޅިގެންނެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް 24 ގަޑިއިރު މެދުނުކެނޑި ކުރަމުންދާކަމަށާއި، ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް ފޮނުވަމުންދާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މި މަސައްކަތްތަކަކީ ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއްކަން ފާހަގަކޮށްފައިވެއެވެ.
“މިދެންނެވި އުސޫލުތަކާއި ޚިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް،” ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމަށާއި، އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި ބިލް ކުރެވޭ ބައެއްކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަޤީންކަން ދީފައިވެއެވެ.
މީގެއިތުރުން، ސްޓެލްކޯއިން ބިލް ކުރަމުންދަނީ ރަނގަޅު އުސޫލުންތޯ ބެލުމަށް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ފަރާތްތަކަށް ދަޢުވަތު ދީފައިވެއެވެ.




ޢަސްލުވެސްރާއްޖޭގައި ރައީސްކަންކޮއްފައިތިބިމީހުން މިކަހަލަމާތަހުޒީބު އަމަލުތައްކުރާތީ ވކަންބޮޑުވޭ..އަމިއްލަޔަށް ކަރަންޓްބޭނުންކުރެވޭވަރާމެދު ބަލާލަންވީނޫންތޯ؟؟އެންމެއާދައިގެ އާއިލާއެއްގެގޭގައިވެސް މިހާރު އޭސީނުހުންނަގެއެއްވ.މަދު އަދިރައަިސްކުކަރު ފަދަ ކަރަންޓްނަގާމިންވަރު އިތުރަށް ނަގާތަކެތީގެ ތެރޭގައިހިމެނޭ ފެންކައްކާ ޖަގު ވެސްނުގެންގުޅޭ ގެއެއްމާލޭގައި މަދުވާނެ!! އަދިކިހިނަކުންވާނީ ރައީސްކަންކުރައްވާފައިވަޢިއްޒަތްތެރި ބޭފުޅުން “ހީޓަރު”ފަދަ ތަކެތި ނުގެންޅޭނެ ހަމަ އެއްގޮތެއްވެސް ނެތްކަން ހަމަޔަ..ޣީން…