- Advertisement -ad image

އިންތި އާއި ފައްޔާޒު! އެމްޑީޕީން ޗޫޒްކުރާނީ ކާކު؟ 

ad image

ގުޅުންހުރި ލިޔުންތައް

މިއަދަކީ ވެރިކަންކުރާ އެމްޑީޕީއަށް ބޮޑު ދުވަހެކެވެ. ފޯރިގަދަ ކެމްޕެއިނަކަށްފަހު އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ހެނދުނު ނުވައެއް ޖަހާއިރު ފަށާނެއެވެ. ޗެއަރޕާސަން އިންތިހާބުގެ ފޯރި އާއި ޖަޒުބާތުގައި ޖެހި މުޅި އެމްޑީޕީ  ދެބަޔަކަށް ބެހި ނިމިއްޖެއެވެ. މި ވޯޓުގެ ނަތީޖާ އަކީ އެމްޑީޕީގެ މުސްތަގުބަލު ވަރަށްސާފުކޮށް ފެންނާނޭ ނަތީޖާއެކެވެ. 

ރައީސް ނަޝީދުގެ ފަޅި އާއި ރައީސް ސާލިހުގެ ފަޅި އަށް ޕާޓީގެ މެންބަރުން ތިބި ގޮތް ވަރަށް ސާފުކޮށް މި އިންތިހާބުގެ ނަތީޖާއިން އެނގިގެންދާނެއެވެ. ދެންއޮތީ ޖަވާބު ބޭނުން އެހެން ނަމަވެސް ޖަވާބު ހޯދަން އުދަނގޫ ސުވާލެކެވެ. މި ދެކެނޑިޑޭޓުން ކުރެ އެމްޑީޕީއަށް އިހުލާސްތެރި ވާނީ ކޮން ކެންޑިޑޭޓެއް ކަމާމެދުކުރެވޭ ސުވާލެވެ. 

ޗެއަރޕާސަން އިންތިހާބުގައި ކުރިއަށް ގެންދިޔަ ބަހުސްއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ  އަމިއްލަފުޅަށް ނަޒާހަތްތެރި ނޫން ކަމަށް ވިދާޅުވެފައެވެ. 

އަދި އިމްތިޔާޒު ފަހުމީ ގެންދަވަނީ ވަޒީރަކަށް ހުންނަވާ ފައްޔާޒު ކުރަންނުޖެހޭ އެތައް ކަމެއް ކޮށް ވަޒީރެއްގެ ހައިސިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި ގިނަ ކަންކަން ހާސިލްކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކުރައްވަމުންނެވެ. 

އިމްތިޔާޒު ފަހުމީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ، ވަރަށް ގިނަ ދުވަހުގެ، ވަރަށްގިނަ މަސައްކަތާ ގުރުބާނީން ނަގާކޮޅަށްޖެހުނު އިޞްލާހީ ހަރަކާތެއް ކަމަށާއި މިރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީގެ މެންބަރުން ނިކުމެ އޭނާއަށް ވޯޓުދިނުމަށް އެދިފައެވެ. 

އެހެންކަމުން ޗެއަރޕާސަންގެ އިންތިހާބުގައި އިންތި އާއި ފައްޔާޒުގެ ތެރެއިން އެމްޑީޕީގެ  މެންބަރުން ޗޫޒް ކުރާނީ ކާކުކަން އެނގިގެންދާނެއެވެ. މި ވޯޓުގެނަތީޖާ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ގެނުވާނެ އެއްޗެއް ކަން ޔަގީނެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ