މަގުތަކުގެ ރައްކާތެރިކަން ޤާއިމްކުރުމަށް ބާރުއަޅުއްވާ ހާއްސަ މެސެޖެއް ރައީސް ޑރ. މުހިއްމަދު މުއިއްޒު ރައްޔިތުންނަށް ފޮނުވައިފިއެވެ.
ރައީސް އޮފީހުން އާންމުކުރި މި މެސެޖުގަިއ ވަނީ އެކްސިޑެންޓުތަކާއި މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމުގެ އެނިމޭޝަން ވީޑިއޯއެއް ހިއްސާކޮށްފައެވެ. އަދި ވީޑިއޯއާއެކު ރައީސް ވަނީކޮންމެ ފުރާނައަކީ ވެސް ބޭނުންތެރި އަދި އަގުހުރި އެއްޗެއް ކަމަށާއި ރާއްޖޭގެ މަގުތައް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރާއި ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.
“ކޮންމެ ފުރާނައަކީ ވެސް އަގުހުރި އެއްޗެއް ބަލައިގެން ދުއްވާ! މަގުތައް އަޅުގަނޑުމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކޮށްލަމާ ހިނގާ! އަޅުގަނޑުމެން ގޯސްކޮށް ކުރާ ކަންތައްތައް އަމިއްލަ އަތުން ރަނގަޅު ކުރުމުގެ ދެވަނަ ފުރުސަތެއް ފަހަރެއްގައި ނުލިބިދާނެ.” ރައީސް ވިދާޅުވިއެވެ.
ޔާމީން ރަޝީދު އަދި ސެލްމިން އެމިނޭޝަން ސްޓޫޑިއޯއިން އުފެއްދި މި ވީޑިއޯގައި ފެނިގެންދަނީ ބައްޕައަކު ހުރި ހަމައެކަނި ދަރިފުޅާއި ބައްދަލުކުރުމަށް ސައިކަލުގައި ދަނިކޮށ،ް ބާރު ސްޕީޑްގައި ދަރިފުޅު ދުއްވާފައ އައި ކާރުން އައިސް ބައްޕަގެ ސައިކަލުގައި ޖެހި އެކްސިޑެންޓްވާ މަންޒަރެވެ.



