Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ އެންމެ އެދޭގޮތް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ފުރިހަމައަށް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި މިރޭ ތަޤުރީރުކުރައްވަމުން، މި ތަޞައްވުރަށް ވާޞިލްވުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިތުރުން ޤައުމުގެ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމުގެ ބޭނުންހިފަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއައްސަސާތަކަށް އިޞްލާޙީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޑިޖިޓަލް އިޤްތިސާދަކީ 2030 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޢަޒުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އާ ޞިނާޢަތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ދައުލަތުގެ މަޤާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގައި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބިނާކުރަނިވި ގޮތްތަކަށް މަސައްކަތް ކުރުމާއި ރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފުޅާކުރުމުގެ ތެރެއިން އެކަމަށް އިތުރު ބާރެއް އެޅިގެންދާނެކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ